ބޮޑު ކުރިއެރުމަކާއެކު ފަތުރުވެރިންގެ އަދަދު 1.7 މިލިޔަނަށް

2024 މިހާތަނަށް ރާއްޖެއަށް 1.7 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު %9.5 އިތުރު އަދަދެކެވެ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. އެގޮތުން އެގައުމުން 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ

އިތުރަށް ކިޔާލުމަށް

އެޗްޑީސީ ން ކުރިއަށްގެންދިއުމަށް ކަނޑައަޅާފައިވާ, ސޯޝަލް ހައުސިން އާއި ލަގްޒަރީ ވިލާތައް ހިމެނޭހެން 15 މަޝްރޫއެއް ރޭ އިފުތިތާހުކޮށްފި

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށް ގެންދަން ނިންމާފައިވާ 15 ޕްރޮޖެކްޓް ފެށުމަށްޓަކައި ޓްރާންސްފޯމިން ޓުމޯރޯ“ ރޭ .ރަސްމީކޮށް އިފްތިތާހު ކޮށްފިއެވެ އެކަމަށްޓަކައި ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ”ޓްރާންސްފޯމިންގް ޓުމޯރޯ: ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކީ ޕްރޮޖެކްޓްސް“ ލޯންޗުކޮށްދެއްވީ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވޮލަޕްމަންޓް އެންޑް ޓްރޭޑް، މުހައްމަދު ސައީދުއެވެ

އިތުރަށް ކިޔާލުމަށް

އަޅުގަނޑަކީ މަވެތިކަން އިސްކުރައްވާނެ ވެރިއެއްނޫން: ރައީސް ޑރ. މުހައްމަދު މުއިއްޒު

އެމަނިކުފާނަކީ މަވެތިކަން އިސްކުރައްވައި، ރައްޔިތުން މަތިން ހަނދާން ނައްތާލާނެ ސިޔާސީ ވެރިއެއް ނޫން ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ޖުމްހޫރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވި، އެމަނިކުފާނަކީ ސިޔާސީ ބޭފުޅެއް ނޫންކަމަށް ބައެއް މީހުން ބުނާ ކަމަށެވެ. އަދި ސިޔާސީ ބޭފުޅަކަށް ވުމަކީ އެ ބޭފުޅަކު ބޭނުންވާ ގޮތް އިސްކޮށް މަވަތިކޮށް އިސްކޮށް، ރައްޔިތުންގެ މަތިން ހަނދާން ނައްތާލައި، އެބޭފުޅެއްގެ ހުރިހާ މަސްލަތަހު އިސްކުރަން ކަމުގައިވަނީނަމަ،…

އިތުރަށް ކިޔާލުމަށް

ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ސައުދީއަށް ވަޑައިގެންފި

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްޢަޒީޒްގެ ދައުވަތަކަށް، ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ސައުދީ އަރަބިއްޔާ އަށް ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ވިދާޅުވީ މި ދަތުރުފުޅުގައި، އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ފަލަސްތީނާއި ލުބްނާނަށް ދެމުންދާ ހަމަލާތަކާއި، ސަރަޙައްދީ ޙުތޫރާތްތެރި މައްސަލަތަކާމެދު، ސަރަޙައްދީ އިސްވާރުން ކުރައްވާ މަޝްވަރާގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

އިތުރަށް ކިޔާލުމަށް
Back To Top